ރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ ގައުމުތަކުގައި ޓްރޭޑް ކުރާ މީހުންނަށް ހާއްސަކޮށް ރިޑޮޓްޕޭގެ ވިސާ ކާޑެއް ތައާރަފްކޮށްފައިވާ ކަން އެނގޭ ހެއްޔެވެ؟ މިއީ ރިޑޮޓް ނަމަކަށް ކިޔާ ކްރިޕްޓޯ ވޮލެޓެއްގެ ކާޑެކެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ކްރިޕްޓޯ އެކްސްޗޭންޖް ކާޑެކެވެ. މި ވޮލެޓަށް ނޫނީ ކާޑަށް އެޅޭނީ ޔޫއެސްޑީޓީ ކްރިޕްޓޯ ފައިސާއެވެ. ޔޫއެސްޑީޓީ ކްރިޕްޓޯ ފައިސާ އެ ކާޑަށް އެޅީމަ، ހަތަރު ވައްތަރެއްގެ ކޮއިނެއް ފެންނަން ހުންނާނެއެވެ. އޭގައި ހިމެނޭ އެއް ކޮއިނަކީ ޔޫއެސްޑީޓީ ކްރިޕްޓޯއެވެ. ރިޑޮޓް ޕޭ އިން ކަސްޓަމަރުންނަށް ފޯރުކޮށްދެނީ ވިސާ އިން ކްރެޑިބަލް ކާޑެކެވެ. މި ކާޑު ޕޯސްޓު މެދުވެރިކޮށް ގެނެވޭނީ 100 ޑޮލަރު ދައްކައިގެންނެވެ. އެއީ ރާއްޖެ އިން…